ޗެއާޕާސަންގެ މަގާމަށް ކުރިމަތި ނުލައްވަން އަމްރު ނިންމަވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިނުލައްވަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ނިންމަވައިފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އަމްރުގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ އަމްރު އެގޮތ...

13 Feb 2022 | 04:52

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިނުލައްވަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ނިންމަވައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އަމްރުގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ އަމްރު އެގޮތަށް މިހާރު ނިންމަވާފައިވާކަމަށެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އިއްޔެ ހުސްވެފައިވާއިރު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އެ ޕާޓީން މިހާރު ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 އާއި ހަަމައަށެވެ. އިންތިހާބު އޮތީ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ އެކަންޏެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މި މަގާމަށް ކުރިމަތިލައްވާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނުރަސްމީ ސިފައެއްގައި ކެމްޕޭނުތައްވެސް ކުރިއަށް އެބަ ދެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިހާބާއެކު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އާއި ނައިބުރައީސާގެ އިތުރުން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސާއި ނައިބުރައީސް އިންތިހާބު ކުރުންވެސް ކުރިއަށްގެންދަން އެ ޕާޓީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް