އެމެރިކާގެ މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ޝޯތަކުގައި މަޝްހޫރު ކެއިލީ ޖެނާގެ ދެ ވަނަ ދަރިފުޅަށް ކީ ނަން ހާމަ ކޮށްފި އެވެ.
އޭނާއަށް ދެ ވަނަ ދަރިއަކު ލިބުނުތާ މިހާރު ހަފްތާއެއް ވެއްޖެ އެވެ. ކެއިލީ ވިހެއީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ކެއިލީ އިންސްޓަގްރާމް ޕޭޖުގެ ސްޓޯރީގައި ބުނެފައިވަނީ ދަރިފުޅަށް ކިޔަނީ ވޮލްފް ވެބްސްޓާ ކަމަށެވެ. އަދި ހުދު ކުލައިގެ ހިތެއް ޖަހާފައިވެ އެވެ.
ކެއިލީގެ އާއިލާއަކީ ދަރިންނަށް ނަން ކިޔުމުގައި ތަފާތު ކަމެއް ގެންގުޅޭ ބައެކެވެ. ކެއިލީ އާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓްގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ސްޓޯމީ ވެބްސްޓާ އެވެ.
ކެއިލީގެ އާއިލާގައި އެންމެ މަޝްހޫރު މީހާ ކަމަށްވާ ކިމް ކާޑޭޝަންގެ ދަރިންނަށް ކިޔާ ނަންތަކަކީވެސް މީހުންގެ ސަމާލުކަން ލިބިފައިވާ ނަންތަކެކެވެ. އޭނާގެ ދަރިންނަށް ކިޔާ ނަންތަކުގެ ތެރޭގައި ނޯތް، ޗިކާގޯ، ޑްރީމް އަދި ސެއިންޓު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް