ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާާޕާސަންކަމަށް ކުރިމަތިލައްވާނެކަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިއުލާނުކުރައްވައިފިއެވެ.
އިންތި މިކަން އިއުލާނުކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެމްޑީޕީގެ ދިދައެއް ވިހުރޭ މަންޒަރު ފެންނަ ފޮޓޯއަކާއެކު ރީނދޫ ހިތަކާއެކު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމް.ޑީ.ޕީ. ގެ ޗެއާޕާރސަން ކަމަށް ކުރިމަތިލުމަށް ނިންމާފައިވާކަމަށެވެ.
އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އިއްޔެ ހުސްވެފައިވާއިރު އިންތިހާބެއް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގައެވެ. އިންތިހާބަށް ކުރިމަތިލާން އިއްޔެ ވަނީ ހުޅުވާލާފައެެވެ. ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
https://twitter.com/Imthiyazfahmy/status/1492583436795912193
އެ މަގާމަށް ކުރިމަތިލާނެކަން އަދި ރަސްމީ ސިފައެއްގައި އިއުލާނުކޮށްފައިވަނީ އިންތި އެކަންޏެވެ. އެހެންނަމަވެސް މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެ މަގާމަށް ކުރިމަތިލައްވާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނުސީދާ ގޮތެއްގައި ކެމްޕޭނުތަކެއްވެސް ކުރިއަށް އެބަ ދެއެވެ. އެހެންނަމަވެސް ރަސްމީކޮށް އެކަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް