މިއަދު ހަވީރު 18:00 ހާއިރު ޏ. ފުވައްމުލަކު ދަނޑިމަގު ސަރަޙައްދު ކުޅީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ނިއްވާލައިފިއެވެ.
ފުވައްމުލަކުގައި ހިނގި މިއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފަވާ ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މިހާދިސާ ހިނގިތާ ދެ ގަޑީރު ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ވަނީ އަލިފާންގަނޑު ނިއްވާލާފައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ފުވައްމުލަކު ދަނޑިމަގު ކުޅީގައި 10 ފެބްރުއަރީ 2017 ވީ ހުކުރު ދުވަހުވެސް ވަނީ ރޯކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް