ޑައިވިންގް އަށް ދިޔަ ފަތުރުވެރިއަކު، ސަފާރީއެއްގެ ބުރަފަތީގައި ޖެހި ޒަޚަމް ވެއްޖެ

ގއ. ގެމަނަފުށި ކައިރީގައި އޮތް ސަފަރީއެއްގައި ޑައިވިންގް އަށް ދިޔަ ފްރާންސްގެ ފަތުރުވެރިއަކު، ސަފާރީއެއްގެ ބުރަފަތީގައި ޖެހި ޒަޚަމް ވެއްޖެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ޒަޚަމްވީ ފްރާންސްގެ ފިރިހެނެކ...

13 Feb 2017 | 17:06

ގއ. ގެމަނަފުށި ކައިރީގައި އޮތް ސަފަރީއެއްގައި ޑައިވިންގް އަށް ދިޔަ ފްރާންސްގެ ފަތުރުވެރިއަކު، ސަފާރީއެއްގެ ބުރަފަތީގައި ޖެހި ޒަޚަމް ވެއްޖެއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ޒަޚަމްވީ ފްރާންސްގެ ފިރިހެނެކެވެ. އަދި މިހާރު އޭނާ ވަނީ އިތުރު ފަރުވާއަށް މިރޭ 7:15 ހާއިރު ވަނީ މާލެ ގެނެސްފައެެވެ.

އޮންލައިން ނޫހެއްކަމަށްވާ ސަން އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ގެމަނަފުށި ކައުންސިލްގެ ނައިބު ރައީސް ޝަމްވީލް އިބްރާހީމް ވިދާޅުވީ ސަފާރީގެ ބުރަފަތީގައި ފަރުތުވެރިޔާ ޖެހިފައިވަނީ އޭނާ ދައިވިންގް އަށް ދިޔުމަށްފަހު މައްޗަށް އެރި ވަގުތުއެވެ.

"ޑައިވިން މާސްޓަރުގާތުގައި އެހީމަ ބުނި، ކުރިއަށް ޖައްސަންޏާ މީހަކު އަޑީގައިވޭތޯ ބަލާފައި ޖެއްސުމަށް ކައްޕި ކައިރީ ބުނި ކަމަށް. ދެން ކައްޕި ބުނިކަމަށް ވަނީ އެވަގުތު މީހަކު ނެތް ކަމަށް،" ޝަމްވީލް ވިދާޅުވެފައި ވެއެވެ.

ބުރަފަތިން ޖެހުމުގެ ސަބަބުން ފަތުރުވެރިޔާގެ ފައިގެ ތިން ތަނެއް ފުދޭ ވަރަކަށް ބޮޑުކޮށް ކަފައިގެން ގޮސްފައިވާ ކަމަށް ވެސް ޝަމްވީލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް