ބީއެމްއެލް އިން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ގުޅިގެން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތަކީ "އަހަރެންގެ ބޭންކް" ޝިޢާރުގެ ދަށުން މިފެބްރުއަރީ...

13 Feb 2017 | 12:56

މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ގުޅިގެން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތަކީ "އަހަރެންގެ ބޭންކް" ޝިޢާރުގެ ދަށުން މިފެބްރުއަރީ މަހު ބީއެމްއެެލް އިން ކުރިއަށް ގެންދާ 28 ދުވަހުގެ ކެމްޕޭނުގެ، މިއަދުގެ ހަރަކާތެވެ.

މިއަދު ބޭއްވުނުު ލޭހަދިޔާ ކުރުމުގެ ހަރަކާތުގައި ބީއެމްއެލް ގެ 30 އަށް ވުރެ ގިނަ މުވައްޒަފުންވަނީ ބައިވެރިވެ ލޭ ހަދިޔާ ކޮށްފައެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދިން ގޮތުގައި، ބީއެމްއެލްގެ މުވައްޒަފުން މިއަދު ހަދިޔާ ކުރި ލޭ ބޭނުން ކުރުމަށް ހަމަ ޖެހިފައިވަނީ ތެލެސީމިއާ ކުދިންނަށެވެ.

ލޭހަދިޔާ ކުރުމުގެ ހަރަކާތްތަށް ހިންގާފައިވަނީ ބީއެމްއެލް ސީ ޓްރެކްސް ބިލްޑިންގުގައި ހުންނަ ބެންކުގެ ކޮންފެރެންސް ހޯލްގައެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ގުޅިގެން ބީއެމްއެލްގެ ފަރާތުން ބޭއްވި ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި މުވައްޒަފުންނަށް ބީއެމްއެލް "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ފަރާތުން ޚާއްސަ ހަދިޔާއެއް ވެސް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް