ދިވެހި ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތަކާއި ބެހޭގޮތުން މަޖީދު ވާހަކަފުޅު ދައްކަވައިފި

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް އެސޯސިއޭޝަން ދޭއްގެ 16 ވަނަ ބައްދަލުވުމުގައި، ދިވެހި ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އެންވައިރަމެންޓް އެންޑް އެނާޖީގ...

13 Feb 2017 | 10:48

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް އެސޯސިއޭޝަން ދޭއްގެ 16 ވަނަ ބައްދަލުވުމުގައި، ދިވެހި ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އެންވައިރަމެންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މަޖީދު ވާހަކަފުޅު ދައްކަވައިފިއެވެ.

އަބޫދާބީގައި އިއްޔެ ފަށައިގެން ކުރިއަށް ގެންދާ މިބައްދަލުވުމުގައި ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާގެ އަސާސީ ޕްރޮގްރާމްތަކަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް އެސޯސިއޭޝަން ދޭއްގެ 16 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ މަޖީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާއި ކުރިމަތިވެދާނެ މައްސަލަތަކަށް އަލިއަޅުވާ ލައްވާފައެވެ.

މިޖަލްސާ ހުޅުވާދެއްވީ ރީޖަނަލް އެސޯސިއޭޝަން ދޭއް ގެ ރައީސް ޢަބްދުﷲ މުޙައްމަދު އަލް މަންރައި އެވެ.

ޖުމްލަ 23 މެމްބަރ ޤައުމާއި، ދެ އޮބްޒާވަރ ޤައުމުން 100 މަންދޫބުން މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

އިއްޔެ ފެށުނު މިބައްދަލުވުމުގައި ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާ ރިފޯރމް ކުރުމާއި ބެހޭގޮތުން ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޕެޓްރީޓަލަސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން، މިނިސްޓްރީ އޮފް އެންވައިރަމެންޓް އެންޑް އެނާރޖީ ގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މަޖީދު ވެސް ބައެއް ޚިޔާލުތަށް ފާޅުކުރެއްވިއެވެ.

މީގެ އިތުރުން 12 ފެބްރުއަރީ 2017 ވަނަ ދުވަހު މެންދުރުފަހު ޕްރޮފެސަރ ޕެޓްރީޓަލަސް އާއި ޢަބްދުﷲ މަޖީދު ބައްދަލު ކުރައްވާ، މީޓިރިއޮލޮޖިކަލް ސަރވިސްއަށް ބޭނުންވާ މީހުން ތަމްރީން ކުރުމާއި ފަންނީ އެހީތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވަފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް