ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ނިޔާސާ ޑރ. ޙުސެއިން ނިޔާޒު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދީފިއެވެ.
ޑރ. ނިޔާޒު ޔޫއޭއީ ގެ ސަފީރުކަމަށް އައްޔަނު ކުރަން ރުހުން ލިބުނީ މިއަދު ވޯޓުގައި ބައިވެރިވި 64 މެންބެރުންގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ.
ޔޫއޭއީގެ ސަފީރުކަމަށް ޑރ.ނިޔާޒު އައްޔަނު ކުރުމާއިމެދު މަޖިލީހުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް ޢަބްދުﷲ ޔާމީން ފޮނުއްވި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ޤައުމީ ސަލާމަތީ ކޮމިޓީއިންވެސް ނިންމެވީ ޑރ.ނިޔާޒް އަށް ރުހުންދޭން ފެންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް