ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ހަދާނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
މި ލިންކް ރޯޑަކީ މާލެއާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖުން ހުޅުމާލެއަށް ދެވެން އޮންނާނެ މަގެވެ. އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލިންކް ރޯޑުގެ ޑިޒައިން މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެޗްޑީސީން ބުނީ އިތުރު މައުލޫމާތު އެ އޮފީހުން ލިބޭނެ ކަމަށެވެ.
ހުޅުލެއާއި މާލެ އާއި ދެމެދު އަޅާ ބްރިޖު ބޭނުން ކުރަން ފެށުމުން ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ބޭނުން ކުރަން ހަމަޖެހިފައިވަނީ މިހާރު އެ ދެ ރަށް ހުރަސް ކުރުމަށް ބޭނުން ކުރާ މަގު ނޫންކަމަށް އެޗްޑީސީން ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް