ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާލެ އަތޮޅުގެ ތުލުސްދޫއަށާއި ހިންމަފުށްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުލުސްދޫ އަދި ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމަށް މި ދެ ރަށުގައި ބޭއްވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމުގައި ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައިކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް