މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޔާންސެލަރުގެ މަގާމަށް ޑރ މަރިޔަމް ޝަހުނީޒާ ނަސީރު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެމަގާމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެކަމަނާ އައްޔަން ކުރައްވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
ޝަހުނީޒާ އައްޔަން ކުރައްވާފައިވަނީ ވައިސް ޗާންސެލަރު (ރިސާޗު އެންޑް އިނޮވޭޝަން) ގެ މަގާމަށެވެ.
ޑރ ޝަހުނީޒާގެ އިތުރުން އައިޔޫއެމްގެ ވައިސް ޗާންސެލަރުންގެ ގޮތުގައި ތިއްބަވަނީ ހައްވާ ލަތީފު (އެކަޑަމިކް އެފެއާޒް) އަދި އަލީ ރަޝީދު (އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް