ހީނާމާގެ ޕާކިން ސަރަހައްދު ރެއިޑުކޮށް 17 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިރޭ ބުނެފައިވަނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް، އަބަދުވެސް އާއްމުންގެ ފަރާތުން ކަންބޮޑުވުން ލިބެމުން އަންނަ ސަރަހައްދެއް ކަމުގައިވާ، ހީނާމާގެ ޕާކިންގ ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން މިއަދު ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަކަމަށެވެ.
"އެގޮތުން މި ސަރަހައްދަށް އެއްވެއުޅޭ ބިދޭސީންނާއި މި ސަރަހައްދުގައި ބިދޭސީން އިސްވެ ތިބެ ހިންގަމުންދާ ފިހާރަ، ކެފޭ ފަދަ ތަންތަން ވަނީ ބަލައި ފާސްކޮށްފައި، އަދި ބަލައި ފާސްކުރެވުނު ތަންތަނުގައި ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދާ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.
އޮޕަރޭޝަންގެ ވީޑިއޯ އިމިގްރޭޝަނުން އާންމުކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަގޮތުގައި ބިދޭސީއަކު ފިލަން ވަދެ ހުރީ ރައްކާތެރި ނޫންގޮތަކަށް ވަދެވޭ ތަނެއްގެ ތެރޭގައެވެ. ބިދޭސީ އެމީހާ އަތުލައިގެނެގެން ގެންދާ މަންޒަރުވެސް އެ ވީޑީއޯއިން ފެނެއެވެ.
ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް، އަބަދުވެސް އާއްމުންގެ ފަރާތުން ކަންބޮޑުވުން ލިބެމުން އަންނަ ސަރަހައްދެއް ކަމުގައިވާ، ހީނާމާގެ ޕާކިންގ ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން މިއަދު ވަނީ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން މި ސަރަހައްދަށް އެއްވެއުޅޭ… pic.twitter.com/5SsxfxfT85
— Maldives Immigration (@ImmigrationMV) January 13, 2025
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް