ހޮނިހިރާ ހަމައަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާއިރު ވިއްސާރައަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންވެސް ތައްޔާރުވަމުން އަންނަކަމަށެވެ.
އެގޮތުން އެމްޕީއެލްއިން މިއަދު ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކުރިމަތިވެދާނެ ޙާލަތަކަށް އެމް.ޕީ.އެލްގެ ޓީމުންވެސް ދަނީ ތައްޔާރުވަމުން ކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު މާލޭގައި ކޮމާންޑް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. ފުލުހުންނާއި ސިފައިން އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހިމެނޭހެން އުފައްދާފައިވާ އެ ކޮމާންޑް ސެންޓަރުން އަންނަނީ ރެއިން ފެށިގެން އެކި ތައްޔާރީތައް ވަމުންނެވެ.
އެގޮތުން ރަށްރަށަށް ބޭނުންވާ ޕަމްޕު ފޮނުވުމާއި މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ދުރާލާ ވެލިބަސްތާ ޖެހުންފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް