ނަހުލާގެ "ސޮރީ" ފިލްމަށް، ރީތިކޮށް ނަށާ އަންހެން ކުދިން ކޮޅެއް ހޯދަނީ

މައްޝޫރު ފިލްމް ޕްރޮޑިއުސާ ނަހުލާ އޭނާގެ ސޮރީ ފިލްމަށް ރީތިކޮށް ނަށާ އަންހެން ކުދިން ހޯދުމަށް އިއުލާން ކޮށްފިއެވެ. ނަހުލާގެ ސޮރީ ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުތެރޭގައެވެ. މ...

13 Jan 2025 | 10:35

މައްޝޫރު ފިލްމް ޕްރޮޑިއުސާ ނަހުލާ އޭނާގެ ސޮރީ ފިލްމަށް ރީތިކޮށް ނަށާ އަންހެން ކުދިން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ނަހުލާގެ ސޮރީ ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުތެރޭގައެވެ.

މި ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ މަޝްހޫރު އެކްޓަރ މަރިޔަމް އައްޒަ އަދި ޔޫސުފު ޝަފީއުއެވެ. އަދި މި ފިލްމުގެ ބޮޑު ރޯލަކުން ނަހުލާގެ ދަރިފުޅުވެސް ފެނިގެން ދާނެއެވެ.

ނަހުލާގެ "ސޮރީ" ފިލްމުގެ ތީމް ލަވަ ކިޔުއްވަން މީގެކުރިންވެސް ވަނީ ފިރިހެން އަދި އަންހެން އަޑެއް ހޯދުމަށް އާއްމުންނަށް އެފުރުސަތު ހުޅުވާލާފައެވެ.

މި ފިލްމަކީ ނަހުލާގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އެގޮތުން މި ފިލްމުެ ޝޫޓިންއަކަށް ރީތިކޮށް ނަށާ ކުދިންކޮޅެއް ހޯދުމަށް ނަހުލާ އިއުލާން ކޮށްފައިވަނީ މިއަދު އޭނާގެ ފޭސްބުކް އެކައުންޓުގައެވެ.

ނަހުލާ ވަނީ ކަމަދޫ ނޫން އެހެން ރަށަކުން ރީތިކޮށް ނަށާލެވޭ ކުދިންކޮޅެއް ހޯދުމަށް ޕޯސްޓެއް ކޮށްފައެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންގާލުމަށް އޭނާ ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް