ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ތެރޭގައި މިހާތަނަށް ދެ ދުވަހެއްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ މާލޭގެ ބައެއް ގޭގެއަށް ގެއްލުންތަކެއް ލިބިފައިވެއެވެ.
މިއަދުން ފެށިގެން ހޮނިހިރާއި ހަމައަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާއިރު މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް ދުރާލާ އަޅަންވީ ފިޔަވަޅުތަކުގެ އިރުޝާދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ދީފައިވެއެވެ. އަދި މާލޭގައި އާންމުކޮށް ފެންބޮޑުވާ ގޭގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދުރާލާ މާލޭ ސިޓީ ކައުންސިލުން ރޭގައި ފަށާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް