ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭއިރު މާލޭ ސިޓީ ކައުންސިލުން ދުރާލާ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދެންމެ ބުނެފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުންވާކަމަށް ފާހަގަކުރެވޭ 56 އަށްވުރެ ގިނަ ގެތަކުގައި މާލޭ ސިޓީ ކައުންސިލުން ވެލިބަސްތާ ޖަހާފައިވާކަމަށެވެ.
"މިއަދުވެސް އެތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށް" އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ ދުރާލާ ތައްޔާރުވުމަށް އިލްތިމާސްކޮށް އެންޑީއެމްއޭއިން ރައްކާތެރިކަމުގެ އިރުޝާދުވެސް އިއްޔެ ނެރެފައިވެއެވެ.
މެޓުން ލަފާކުރަނީ މިއަދުން ފެށިގެން ހޮނިހިރާއި ހަމައަށް މޫސުން ގޯސްވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް