މޭޔަރުގެ ގޮނޑި އާޒިމް ކާމިޔާބު ކުރައްވައިފި

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކ...

13 Jan 2024 | 15:28

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މިހާތަނަށް ގުނިފައިވާ 41 ފޮށީގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން، އާޒިމް އަށް ވަނީ 5,303 ވޯޓު ލިބިފައެވެ.

އާޒިމް އާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިފައިވަނީ 3,301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސައިފް ފާތިޙްއަށް ލިބުނީ 1,634 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކުރީގެ ޕޮލިސް ކޮމިޝަނަ ހުސެއިން ވަހީދަށް 1,326 ވޯޓު ލިބުނު އިރު، އަލީ ޝުއައިބް އަށް ލިބުނީ 91 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، ވޯޓުލުމުގެ ހައްގު އަދާކޮށްފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް