2 ޖެހުމާއި ހަމައަށް 82.31 އިންސައްތަ މީހުން ވޯޓުނުލާ އެބަތިބި

2 ޖެހުމާއި ހަމައަށް ވޯޓުލުމުގެ ހައްގު އަދާނުކާ 82.31 އިންސައްތަ މީހުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އި...

13 Jan 2024 | 10:21

2 ޖެހުމާއި ހަމައަށް ވޯޓުލުމުގެ ހައްގު އަދާނުކާ 82.31 އިންސައްތަ މީހުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، މިހާތަނަށް ވޯޓު ލުމުގެ ހައްގު އަދާކޮށްފައިވަނީ 9,908 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ 17.69 އިންސައްތައެވެ.

އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުން ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ ނަމަވެސް، ވޯޓުލުމުގެ ތަރުހީބު ފެންނަނީ ވަރަށް ކުޑަކޮށެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުޙައްމަދު ސައިފް ފާތިޙް އާއި އަމިއްލަ ގޮތުން ކުޜިގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.

ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 5:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް