12 ޖެހުމާއި ހަމައަށް ވޯޓުލީ އެންމެ 11.07 އިންސައްތަ މީހުން

މިއަދު ކުރިއަށްދާ އިންތިހާބުގައި 12 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ އެންމެ 11.07 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ...

13 Jan 2024 | 08:07

މިއަދު ކުރިއަށްދާ އިންތިހާބުގައި 12 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ އެންމެ 11.07 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، މިހާތަނަށް ވޯޓު ލުމުގެ ހައްގު އަދާކޮށްފައިވަނީ 6،201 މީހުންނެވެ.

އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުން ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ ނަމަވެސް، ވޯޓުލުމުގެ ތަރުހީބު ފެންނަނީ ވަރަށް ކުޑަކޮށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.

ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 5:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް