ރައީސް މައުމޫނަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ. އެމަނިކުފާނަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ. ރައީސް މައުމޫން މިރޭ ކުރެއްވި ޓުވ...

13 Jan 2023 | 18:59

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އެމަނިކުފާނަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި މިއަދު އެޑްމިޓްކުރީ ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ. އަދި ހުރިހާކަމެއް ހަމަޖެހުމުން ޑޮކްޓަރުންގެ ހުއްދަ އާއި އެކު މިހާރު ގެކޮޅަށް ވަޑައިގެންނެވިފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ދެއްވި ފަރުވާގެ ފުރިހަމަކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ހޮސްޕިޓަލުގައި އޮންނެވިއިރު އެމަނިކުފާނަށް ހެޔޮއެދުންތައް ފޮނުވި އާއިލާއާއި ގާތް މީހުންނަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސް މައުމޫން އެޑްމިޓްކުރީ ޕްރެޝަރު ދަށްވެގެންނެވެ.

މީގެ ކުރިން ކޯވިޑް ޖެހިގެންވެސް އެމނިކުފާނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް