ސަރުކާރަށް ނިސްބަތްވާ އަދި ސަރުކާރާ ގުޅުންހުރި ކޮމްޕިއުޓަރ، މޯބައިލް ފަދަ ޑިވައިސްތަކުން ޓިކްޓޮކް މަނާކުރުން އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކުރިއަށްދާއިރު މި ސިލްސިލާއާއި ނިއު ޖާޒީ ސްޓޭޓާއި އޮހާޔޯ ސްޓޭޓްވެސް ގުޅިއްޖެއެވެ.
ޓިކްޓޮކްގެ އިތުރުން އިތުރު ބައެއް ސޮފްޓްވެއާތައްވެސް މަނާކުރަން ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ވާވޭގެ ހިކް ވިޒަނާއި ކެސްޕަރސްކައިލެބް ހިމެނެއެވެ.
މިކަމާއި ގުޅޭގޮތުން ޓިކްޓޮކުން ބުނެފައިވަނީ އެ އެޕްލިކޭޝަން މަނާކުރުމުގެ ސިލްސިލާގައި ގިނަ ސްޓޭޓްތަކަކުން ބައިވެރިވަމުންދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށާއި އެ އެޕާއި ގުޅުވައި ކުރާ ތުހުމަތު ތަކަކީ އޭގެ އެސްވެސް އަސްލެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.
ސްޓޭޓް ޑިވައިޒްތަކުން ޓިކްޓޮކް މަނާކުރުމުގެ ސިލްސިލާއެއް އެމެރިކާގައި ފެށީ ޓިކްޓޮކުން އެ އެޕް ބޭނުންކުރާ ފަރުދުންގެ ޕްރައިވަސީއަށް އަރައިގަނެ ނަހަމަ ގޮތުގައި ޑާޓާ ބޭނުންކުރާކަމަށް ތުހުމަތު ކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް