ފައްޔާޒް އިސްމާއިލް ރައީސް ސޯލިހަށް ތާއީދުކުރާތީ ރައީސް ނަޝީދުގެ ސަޕޯޓަރުން ފައްޔާޒްގެ އާއިލާއާއި ދިމާކޮށްލައިފި !

އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާތީ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ފައްޔާޒްގެ އާއިލާ މެންބަރުންނާއި ދިމާކޮށ...

13 Jan 2023 | 18:41

އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާތީ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ފައްޔާޒްގެ އާއިލާ މެންބަރުންނާއި ދިމާކޮށްލި ކަމަށްބުނާ މައްސަލައެއް ހޫނުވެއްޖެއެވެ.

މިފަދަ މޭރުމަކުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ފައްޔާޒް ވަނީ މިރޭ ޓްވީޓެއްވެސް ކުރައްވާފައެވެ.

ފައްޔާޒްގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މީޑިއާގައިވެސް އަދި އެހެން ގޮތަކުންވެސް އޭނާއާއި ދިމާކުރެވިދާނެކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކމަެއް ނޫން ކަމަށެވެ.

އެކަން އެހެން ނުކުރުމަށް ކެމްޕޭނު ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް ނަޝީދަށް ފައްޔާޒް ޝުކުރުވެސް އަދާކުރައްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފައްޔާޒް އިސްމާއިލް ރައީސް ސޯލިހަށް ތާއީދުކުރާކަމަށްބުނެ ސޯޝަލް މީޑިއާގައިވެސް އަދި މަގުމަތިންވެސް ފައްޔާޒް އިސްމާއިލްގެ އާއިލާ ބައެއް ފަރާތްތަކާއި ދިމާކޮށް ފުރައްސާރަކުރުމުގެ ކަންތައްތަކެއް ހިނގާފައިވެއެވެ.

https://twitter.com/faya_i/status/1613952857425981440

މިކަން ހުއްޓުވުމަށް ގޮވާލައި ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށާއި އެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާ އަދި ފަޔާގެ އާއިލާއާއި ޒާތީ ކޮށް ދިމާ ނުކުރެއްވުމަށް އެދިލައްވާކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ރިކުއެސްޓެއް ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް