އައްޑޫ ތަރައްޤީ ނުވެ، ރާއްޖެ ތަރައްޤީ ނުވާނެ: ރައީސް ޞާލިހް

ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލައެއްގެ ފުރަތަމަ ފާހަގަ ޖެހެންވާނީ އައްޑޫގައި ކަމަށާއި އައްޑޫ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީ ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއް...

13 Jan 2023 | 18:12

ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލައެއްގެ ފުރަތަމަ ފާހަގަ ޖެހެންވާނީ އައްޑޫގައި ކަމަށާއި އައްޑޫ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީ ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އައްޑޫ ސިޓީގެ ފޭދޫއަށް ވަޑައިގެން މިއަދު ހަވީރު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައެވެ.

އެގޮތުން ފޭދޫގެ ރައްޔިތުންނާ އެކު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވީ އައްޑޫއަކީ ތަރައްޤީގެ ވިސްނުމުގެ މައި ހަބު ކަމަށެވެ.

އަދި ރާއްޖޭގެ ތަރައްޤީގެ ކޮންމެ ދާއިރާއެއްގައި ވެސް އައްޑޫ ރައްޔިތުންގެ ބައިވެރިވުން އަބަދުވެސް އޮންނަ ކަމަށް ރައީސް ޞާލިހް ފާހަގަކުރައްވާފައި ވެއެވެ.

މިގޮތުން އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ އައްޑޫ ރައްޔިތުންގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އައްޑޫގެ ބަނދަރުތަކާއި މަގުތައް ހަދައި ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ ކުރީ ސަރުކާރުތަކުން ވެސް އައްޑޫގެ ތަރައްޤީއަށް ކަންކަން ކޮށްދީފައިވި ނަމަވެސް، އެ ސަރުކާރުތަކުން ކަންކަން ކުރިއަށް ގެންދިޔައީ ޕްލޭނެއް ނެތި ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް އަހަރުތަކެއް ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް