ތޫފާނެއްގައި އެމެރިކާއިން ހަތް މީހަކު މަރުވެއްޖެ

އެމެރިކާގެ ގިނަ ހިސާބުތަކަކަށް ކުރަމުންދާ ބޯ ވިއްސާރައާއި ގަދަ ވައިގެ ތެރެއިން އައި ތޫފާނެއްގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ނުރައްކަލުގައި އުޅެމުންދާކަމުގައި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އެގޮތު...

13 Jan 2023 | 17:27

އެމެރިކާގެ ގިނަ ހިސާބުތަކަކަށް ކުރަމުންދާ ބޯ ވިއްސާރައާއި ގަދަ ވައިގެ ތެރެއިން އައި ތޫފާނެއްގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ނުރައްކަލުގައި އުޅެމުންދާކަމުގައި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން އެމެރިކާގެ އެލަބާމާ އަދި މިސިސިޕީގެ ކަންކަޅުތަކުގައި އިމާރަތްތަކުގެ ފުރާޅުތައް އެއްލާލާފައިވުމާއެކު 10،000 އެއްހާ ރައްޔިތުން ކަރަންޓާއިނުލާ ދުވަސް ހޭދަކުރާކަމުގައި ބުނެފައިވެއެވެ. އަދި އެލަބާމާގައި ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން 40،000 ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ނުލިބޭ ކަމުގައިވެސް ރިޕޯޓުތަކުގައިވެއެވެ. އަދި ގެތަކަށް ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާކަމުގެ މަންޒަރުތައް ފޮޓޯތަކުން ފެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތޫފާނުގައި އައި ނަގޫރޯޅިތަކުގެ ބާރުގައި ބޮޑެތި ގަސްތައް ލުހި، އިމާރާތްތަކަށް ވެއްޓިފައިވުމުގެ ސަބަބުން އެތައް ރައްޔިތުންނެއް ގެތަކުގައި ތާށިވެފައި ތިބުން އެކަށީގެންވެއެވެ.

އެގޮތުން ސަލާމަތީ އެހީތެރިން ދަނީ ގެއްލިފައިވެދާނެ މީހުންނާއި ނުރައްކަލުން ސަލާމްތަވުމުގައި އެހީ ބޭނުންވާނެ ފަރާތްތައް ހޯދަމުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންކަމަށް އެޤައުމުގެ ޙަބަރުތަކުގައިވެއެވެ. އެގޮތުން އެފަރާތްތަކުން މަދުވެގެން 12 މީހަކު އެމެޖެންސީކޮށް ހޮސްޕިޓްލަށް ގެންގޮސްދީފައިވާކަމުގައާއި ބުރާސްފަތި ދުވަހުގެ ރޭ ގަސްތަކުގެ ތެރެއިން ކޮށާ ގެތަކުގައި ތާށިވެފައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދީފައިވާނެކަމަށްވެސް ސަލާމަތީ ހިދުމަތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މި ތޫފާންތަކާއި ގުޅިގެން ސުކޫލަތުގެ ކިޔަވައިދިނުންވެސް އެޤައުމުގެ ހަ އަވަށެއްގައި ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް