އެޗްޑީސީން ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދު ތަރައްޤީ ކުރަނީ

ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތަކުގެ ކައިރީ އޮންނަ "ރުށްގަނޑު3″ ސަރަހައްދަށް ދިރުން ގެނެސް، ހިތް ފަސޭހަ ތަނަކަށް އެތަން ބަދަލުކޮށްލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން  ޕްލޭނެ...

13 Jan 2023 | 10:53

ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތަކުގެ ކައިރީ އޮންނަ "ރުށްގަނޑު3″ ސަރަހައްދަށް ދިރުން ގެނެސް، ހިތް ފަސޭހަ ތަނަކަށް އެތަން ބަދަލުކޮށްލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން  ޕްލޭނެއް އެކުލަވާލާ އާންމުކޮށްފިއެވެ.

އެގޮތުން އެޗްޑީސީން އިއްޔެ އާންމުކުރި ޕްލޭންގައިވާ ގޮތުން ރުއްގަނޑު 3 ތަރައްޤީ ކުރާނީ ކެފޭތަކާއި މޫދުކުޅިވަރުގެ ޚިދުމަތްދޭ ތަނެއް ހިމެނޭހެން އިވެންޓްތައް ބާއްވާނެ ޖާގަ ހިމެނޭ ގޮތަށެވެ.

އަދި ގަސް ހައްދައި ގޮނޑިޖަހާފައިވާ ސަރަހައްދަކާއި އާއްމު ފާހާނާބަރިއަކާއި މީހުން ހިޔާ ވެލާނެ ދެތަނެއް މި ޕްލޭންގައި ހިމެނޭ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ ފޭސް ދޭއްގެ ރުއްގަނޑު 3 ސަރަހައްދު އެކި އެކި ވަސީލަތްތަކާއެކު ތަރައްޤީ ކުރުމުގެ ބޭނުމަކީ އެ ސަރަހައްދުގައި އާބާދީ އިތުރުވަމުން އަންނައިރު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މުނިފޫހިފިލުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް