ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ގައިދީއަކު ނިޔާވެއްޖެ

މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޛުކުރުމަށް ގެނައި ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް) އިން މިއަދު ބުނީ ނިޔާވެފައި ވަނީ  މިދިޔަ އާދިއްތަ ދުވަހު ހުކުމް...

13 Jan 2023 | 07:35

މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޛުކުރުމަށް ގެނައި ގައިދީއަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް) އިން މިއަދު ބުނީ ނިޔާވެފައި ވަނީ  މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޒު ކުރުމަށް ގެނައި ގައިދީއެއް ކަމަށްވާ ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) ކަމަށެވެ.

މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށް ހާއިރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭންފަށާފައި ކަމަށް އެމްސީއެސް އިން ހާމަކުރެއެވެ.

އެމްސީއެސް އިން ބުނީ މުޙައްމަދު ރަޝީދުގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު ނިޔާވިކަމަށް ކަނޑައަޅާފައި ކަމަށެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެއް ކަމަށެވެ.

އަދި މުޙައްމަދު ރަޝީދު މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫން ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް