ސިދާތާއި ކިއަރާ ކައިވެންޏަށް ފަހު ދިރިއުޅެން އާ ގެއެއް ގަންނަނީ!

ބޮލީވުޑްގައި މި ދުވަސްކޮޅު ރަން ޖޯޑަކީ ސިދާތް މަލޯތްރާ އާއި ކިއަރާ އަދުވާނީ އެވެ. ރަސްމީކޮށް ދެމީހުން ކައިވެނި ކުރާ ކަން ޔަގީން ނުކޮށްދިނަސް ރިޕޯޓުތައް ބުނާގޮތުގައި އަންނަ މަހު ދެމީހުންގެ ކައިވެނި އޮނ...

13 Jan 2023 | 07:32

ބޮލީވުޑްގައި މި ދުވަސްކޮޅު ރަން ޖޯޑަކީ ސިދާތް މަލޯތްރާ އާއި ކިއަރާ އަދުވާނީ އެވެ.

ރަސްމީކޮށް ދެމީހުން ކައިވެނި ކުރާ ކަން ޔަގީން ނުކޮށްދިނަސް ރިޕޯޓުތައް ބުނާގޮތުގައި އަންނަ މަހު ދެމީހުންގެ ކައިވެނި އޮންނާނެ އެވެ. އަދި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ރާޖިސްތާނު ސްޓޭޓް ގައި އެވެ.

މާބޮޑު ހަފްލާތަކެއް ކައިވެންޏާއި އެކ ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށް އެމީހުންގެ ގާތް މީހަކު ބުނެފައިވެ އެވެ. އެއަށްވުރެ ބޮޑަށް ވިސްނުން ހުރީ ހާއްސަ ރަސްމިއްޔާތަކާއި އެކު ކައިވެނި ކުރުމަށް ފަހު ދެމީހުން މަސައްކަތައިގެން ކުރިޔަށް ދިއުމަށެވެ.

ދެމީހުންގެ ގާތް މީހަކު ބުނީ ކައިވެނީގެ ކުރިން އެމީހުން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދެމީހުން އުޅެން ގެއެއް ގަތުން ހިމެނޭ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މުމްބާއީގެ ރަނގަޅު ސަރަހައްދަކުން ގެއެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކައިވެންޏަށް ފަހު ދެމީހުން ދިރިއުޅޭނީ އާ ގޭގައި ކަމަށެވެ.

މި ހުރިހާ ތަފްސީލެއް އާންމުވި ނަމަވެސް ސިދާތު މިދިޔަ ހަފްތާގައިވެސް ވަނީ އެ ދެމީހުންގެ ކައިވެނި އަންނަ މަހު އޮންނަކަން އޭނާއަށްވެސް ނޭނގޭ ކަމަށް ބުނެފައި އެވެ. އަދި ޖޯކަކަށް ހަދައި ބުނެފައިވަނީ އޭނާގެ ކައިވެންޏަށް އޭނާއަށް ދައުވަތު ނުލިބެނީ ކީއްވެތޯ ހިތަށް އަރާ ކަމަށެވެ.

އެކަމަކު ދެމީހުންގެ މެދުގައި އެކުވެރި ކަމަށްވުރެ ގާތް ގުޅުމެއް އޮތް ކަމަށް ސިދާތުވެސް ކިއަރާވެސް ވަނީ މީގެ ކުރިން "ކޮފީ ވިތް ކަރަން 7" ގެ އެޕިސޯޑެއްގައި ބައިވެރިވެ، ޔަގީން ކޮށްދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް