އިއްޔެ ފެނުނު ކިނބޫ ހިފުމަށްފަހު ދުރަށް ގެންގޮސް ދޫކޮށްލައިފި

ކ. ބޮލިދުއްފަރު ކައިރިން އިއްޔެ ފެނުނު ކިނބޫ ހިފުމަށްފަހު ދުރަށް ގެންގޮސް ދޫކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން މިއަދު އެމްއެންޑީއެފުން ބުނީ ކ.ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެ...

13 Jan 2023 | 07:16

ކ. ބޮލިދުއްފަރު ކައިރިން އިއްޔެ ފެނުނު ކިނބޫ ހިފުމަށްފަހު ދުރަށް ގެންގޮސް ދޫކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން މިއަދު އެމްއެންޑީއެފުން ބުނީ ކ.ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފި ކަމަށާއި އެ ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

"މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފައެވެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިއްޔެ ކ. ބޮލިދުއްފަރު ކައިރިން މި ކިނބޫ ފެނުނީ އިރުއޮއްސުމާއި ގާތްވެފައިވާ ވަގުތެއްގައެވެ. އިއްޔެ މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފް އަދި ފުލުހުންވެސް ބުނެފައިވަނީ މިފަދަ މައުލޫމާތެއް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް