މީރާގެ "ކޮބާ ރަސީދު" ކެމްޕެއިން ފަށަނީ

އަގުހުރި އިނާމުތަކަކާއެކު "ކޮބާ ރަސީދު" ގެ ނަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕެއިނަކީ މީގެ ކުރިންވެސް އެ އިދާރާއިން ހިންގި ކާމިޔާބު ކެމްޕެއިނެ...

13 Jan 2023 | 06:45

އަގުހުރި އިނާމުތަކަކާއެކު "ކޮބާ ރަސީދު" ގެ ނަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕެއިނަކީ މީގެ ކުރިންވެސް އެ އިދާރާއިން ހިންގި ކާމިޔާބު ކެމްޕެއިނެކެވެ. ގިނަ ބައެއްގެ ތަރުހީބު "ކޮބާ ރަސީދު" ކެމްޕެއިނަށް ލިބިފައިވެ އެވެ.

މީރައިން ބުނީ މިފަހަރުގެ ކެމްޕެއިން ފެށީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ރޭޓަށް އައި ބަދަލާއި ގުޅިގެން ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމަށް ކަމަށެވެ. މި ކެމްޕެއިނަކީ ވިޔަފާރީގައި ރަސީދު ދޫކުރުމާއި ހޯދުމަށް ބާރުއެޅުމުގެ ގޮތުން ހޭލުންތެރި ކުރުމަށް ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

މިފަހަރުގެ ކެމްޕޭންގައި ބައިވެރިވެގެން ޖުމުލަ 36,000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މި ކެމްޕެއިން ކުރިޔަށް ގެންދާނީ މިމަހުގެ15 ން އޭޕްރިން15 ވަނަ ދުވަހުގެ ނިަޔަލށެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް މުދާ ވިއްކާ ފިހާރަތަކުންނާއި ޚިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދަން ޖެހެ އެވެ. އަދި ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބާ ނަންބަރު 7291415 އަށް ފޮނުވުމުން ބައިވެރިވެވޭނެ އެވެ.

މި މުބާރާތް ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 15 އެޕްރީލް 2023 ގެ ނިޔަލަށް އެންމެ ގިނަ ތަންތަނުން އެންމެ ގިނަ އަދަދަކަށް ރަސީދު ހުށަހަޅަފައިވާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން ލިބޭނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް