އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް ނިންމަނީ ދީނާ ގައުމާ މަސްލަހަތަށް ބަލައިގެން: އިމްރާން

އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމަނީ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހާސިލުކުރެވޭނެގޮތް ބަލައިގެންކަމުގައި އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ...

13 Jan 2023 | 03:27

އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމަނީ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހާސިލުކުރެވޭނެގޮތް ބަލައިގެންކަމުގައި އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/ShimranAb/status/1613727278009311232

އިމްރާން މިހެން ވިދާޅުވެފައިވާއިރު މިހާރު ވެރިކަމުގައި މި އޮތް ސަރުކާރަކީ އަދާލަތު ޕާޓީގެ ހިއްސާ އޮތް ސަރުކާރެކެވެ. އަދި ރިޔާސީ އިންތިހާބު ކައިރިވެފައިވާއިރު އެ ޕާޓީއިންވެސް ގޮތެއް ނިންމަންޖެހިފައިވާ ދަނޑިވަޅެއްގައި އިމްރާން މިހެން ވިދާޅުވެފައިމިވަނީ ރައީސް ސޯލިހާއެކު އަނެއްކާވެސް އަދާލަތުން ކޯލީޝަން ހަދާނެކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް