ސައޫދީ ސްޕެޝަލް ސެކިއުރިޓީ ފޯސަސް އަށް އިތުރު 255 ކަނބަލުން ތަމްރީނުކޮށްފި

ސައޫދީ އަރަބިއްޔާގެ ސްޕެޝަލް ސެކިއުރިޓީ ފޯސަސް އަށް އިތުރު 255 ކަނބަލުން ތަމްރީނުކޮށް އެ ކަނބަލުންގެ ދަސްވެނިވުން ބާއްވައިފިއެވެ. ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި އަލަށް ތަމްރީނުވި މި 255 ކަ...

13 Jan 2023 | 01:10

ސައޫދީ އަރަބިއްޔާގެ ސްޕެޝަލް ސެކިއުރިޓީ ފޯސަސް އަށް އިތުރު 255 ކަނބަލުން ތަމްރީނުކޮށް އެ ކަނބަލުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި އަލަށް ތަމްރީނުވި މި 255 ކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފާއި ޕަބްލިކް ސެކިއުރިޓީގެ ޑިރެކްޓަރ ލެފްޓިނަންޓް ޖެނެރަލް މުހައްމަދު އަލް ބައްސާމީ ބައިވެރިވެވަޑައިގެންނެވިއެވެ.

ސައޫދީގައި ސްޕެޝަލް ސެކިއުރިޓީ ފޯސަސް އަށް ކަނބަލުން ތަމްރީނުކުރަން ފެށީ 2019 ވަނަ އަހަރުގައެވެ. އިއްޔެ ދަސްވެނިވުމުގައި ބައިވެރިވި ކަނބަލުންނަކީ އެމަގުން ތަމްރީނުކުރި ހަތަރުވަނަ ބެޗެވެ.

ސައޫދީން ބުނެފައިވާގޮތުގައި މި ބެޗުން ތަމްރީނުވި ކަނބަލުން މަސައްކަތްކުރާނީ ހައްޖާއި އުމްރާގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ހާއްސަ ފައުޖުކަމުގައިވާ ސްޕެޝަލް ފޯސަސް ފޯރ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް ދަ ހައްޖު އެންޑް އުމްރާ ސެކިއުރިޓީ ފޯސަސް ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް