ފުލުހުންނަށް ފިލަން ދުއްވި ބިދޭސީއަކު މަތަނުވެގޮސް މުލިއާގޭ ފާރަށް

ބަނގުރަލާއެކު، ފުލުހުންނަށް ފިލަން ދުއްވި ބިދޭސީއަކު އެކްސިޑެންޓްވެ އަނިޔާތަކެއް ލިބިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މަޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއ...

13 Jan 2022 | 14:45

ބަނގުރަލާއެކު، ފުލުހުންނަށް ފިލަން ދުއްވި ބިދޭސީއަކު އެކްސިޑެންޓްވެ އަނިޔާތަކެއް ލިބިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މަޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި އަލިކިލެގެފާނުމަގުން ދަނިކޮށް ކޮންޓްރޯލުނުވެގޮސް އެކްސިޑެންޓްވެފައިވާކަމަށެވެ.

"މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 4:30 ހާއިރު، މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނަކަށް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ ފުލުހުންްގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެކްސިޑެންޓްވި ސައިކަލުގައި އަޅުވާފައި އޮތް ކޮތަޅެއްގެ ތެރެއިން ބަނުރާ ފުޅިތަކެއް ފެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް