އުނގޫފާރުގެ ނެރު ރީލޮކޭޓް ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފި

ރ. އުނގޫފާރުގެ ނެރު ރީލޮކޭޓް ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، 41،980 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި...

13 Jan 2022 | 12:10

ރ. އުނގޫފާރުގެ ނެރު ރީލޮކޭޓް ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 41،980 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން 210 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ 18.58 މިލިއަންް ރުފިޔާގެ މަޝްރޫޢުއެކެވެ.

މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސިސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް