ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ގޯވިންދާގެ އެންމެ ފަހުގެ ލަވަ ރިލީޒް ކުރުމުން ގިނަ ބަޔަކު ޖޯކު ޖަހައި މަލާމާތް ކުރަމުން އެބަދެ އެވެ.
ގޯވިންދާ އެންމެ ފަހުން ރިލީޒް ކުރީ "ހެލޯ" ކިޔާ ލަވަ އެކެވެ. އެ ލަވަ އޭނާގެ އަޑުން ކިޔާފައިވާއިރު ގޯވިންދާ އާއި އެކު އަންހެން ތަރި އެކްޓުކޮށްފަވަނީ ކުރީގެ ސްޓައިލަށެވެ.
އާންމުން ޖޯކު ޖެހީ އެހެންވެގެންނެވެ. މި މަހުގެ ފަސް ވަނަ ދުވަހު ރިލިޒް ކުރި އެ ލަވައަށް ކޮމެންޓު ކުރި ގިނަ މީހުން ބުނީ ގޯވިންދާއަށް މިއީ 2000 ގެ އަހަރުތައްކަން އެނގެން ޖެހޭ ކަމަށެވެ. އަދި އެފަދަ ބަދަލުތަކާއި އެކު ލަވަ ނުނެރެވެންޏާއި މީހުންގެ މަލާމާތް ހޯދުމަށް ވުރެ ރަނގަޅުވާނީ އިއްޒަތާއި ޝަރަފާއި އެކު ރިޓަޔާވުން ކަމަށެވެ.
ގިނަ ބަޔަކު ވަނީ އުމުރާއި އެއްގޮތަށް ފިލްމާއި ލަވަ ކުޅުމަށް ބަދަލު ނުގެނެސް ޒުވާން ކަން ދައްކަން އުޅޭތީވެސް މަލާމާތް ކޮށްފަ އެވެ. މީގެ އިތުރުން މީހަކު ވަނީ ގޯވިންދާ މިހާރު އެފަދަ ލަވަތައް ކުޅޭތީ ބަލަންވެސް ލަދު ގަންނަ ކަމަށް ބުނެފަ އެވެ.
https://www.instagram.com/p/CYRiuDDJi0-/
ގޯވިންދާގެ އެނބުރި އައުން ގިނަ ބަޔަކު ސިފަ ކުރަނީ އަމިއްލައަށް ލަދުގަންނަން ކުރިކަމެއްގެ ގޮތުގައި އެވެ.
ގޯވިންދާގެ ކުރީގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބަޑޭ މިޔަން ޗޯޓޭ މިޔަން"، "ހީރޯ ނަމްބަރު 1" އަދި "ދުލްހޭ ރާޖާ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް