ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސް މިމަހު ފަހުކޮޅު ބާއްވަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް މިމަހުގެ ފަހުކޮޅު ބާއްވަން ނިންމައިފި އެވެ. ބަހުސް ކުރިޔަށް ގެންދާ ޕީއެސްއެމްއިން ބުނީ ބަހުސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ25 ...

13 Jan 2022 | 09:41

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް މިމަހުގެ ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.

ބަހުސް ކުރިޔަށް ގެންދާ ޕީއެސްއެމްއިން ބުނީ ބަހުސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ25 ވަނަ ދުވަހު ކަމަށެވެ. އެރޭ9:00 ގައި ފަށާ ބަހުސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ އެވެ.

ޕީއެސްއެމްއިން ބުނީ މި ބަހުސްގައި ކޮމަންޑޫ ދައިރާގެ މަޖިލިސް އިންތިހާބުގައި، ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ދާއިރާ ތަރައްގީކުރުމުގައި ކެނޑިޑޭޓުންގެ ވިސްނުުން ހުރިގޮތް އެ ދާއިރާއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ އާއި މާލެ ހިމެނޭހެން ހަ ވޯޓު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް