ޕީ.ޕީ.އެމް ގެ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް ސޯލިހު އެންޓި ކެންޕެއިން ކުރެއްވި ކަމަށް ބުނެ ޕީޕީއެމް އިން އީސީއަށް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގައި ޕީ.ޕީ.އެމް ގެ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންޓި ކެންޕެއިން ކުރެއްވި މައްސަލައެއް ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަން ގައި ކަންބޮޑުވ...

13 Jan 2022 | 08:52

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގައި ޕީ.ޕީ.އެމް ގެ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންޓި ކެންޕެއިން ކުރެއްވި މައްސަލައެއް ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަން ގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އިލެކްޝަން ކޮމިޝަނާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޯލިޝަނުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގައި ޕީ.ޕީ.އެމް ގެ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންޓި ކެންޕެއިން ކުރެއްވި މައްސަލަ އާއި އިދިކޮޅު ލީޑަރ ރައީސް ޔާމީނަށް ކެންޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ފައްޗަކަށް ކޯޓަށް ހާޒިރުވުމަށް ޗީޓު ފުނޮވުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމަށް ފަހު، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ޝަކުވާހުށައަޅާ ވުޒާރާއިން އިންތިޚާބުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޕޮނުވަންޖެހޭ ތަނަކީ އޭސީސީ ކަމަށްވާއިރު، އެތަނުގައި އެއްވެސް މެމްބަރެއް ނެތި ޤާނޫނީ ހުސްކަމެއްގައި ބާއްވައިގެން އިންތިޚާބު ބޭއްވުމުގެ ކަންބޮޑުވުމާއި އުސޫލްތަކާއި ނާޖާއިޒު ގޮތުގައި ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރައްވާ ހަޑިހުތުރު ޢަމަލުތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.

https://twitter.com/IbrahimShujaau/status/1481525980208730115?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1481525980208730115%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F78619

ކޮމަންޑު ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް ގިނަބަޔަކު، ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ.

ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއް ކަމަށާއި މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް