މިނިސްޓަރ މަހްލޫފުގެ ޝަރީޢަތް އަންނަ ހަފުތާގައި

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އަންނަ ހަފްތާގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތު...

13 Jan 2022 | 08:26

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އަންނަ ހަފްތާގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އުފުލާފައިވާ މި ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 11 ޖަހާއިރުއެވެ.

މިނިސްޓަރ މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާ މައްސަލައިގައެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ.

އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް