ފަލަސްތީނުގައި އިސްރާއީލުން ދަންވަރު ހިންގި އޮޕަރޭޝަނެއްގައި މުސްކުޅިއަކު މަރާލައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއްގައި ރޭގަނޑު ދަންވަރު އިސްރާއީލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ދުވަސްވީ މީހަކު މަރާލައިފި އެވެ. އެ އޮޕަރޭޝަން ހިންގީ އިއްޔެ ރޭ އެވެ. އުމުރުން 80 އަހަރުުގެ އު...

13 Jan 2022 | 07:09

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއްގައި ރޭގަނޑު ދަންވަރު އިސްރާއީލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ދުވަސްވީ މީހަކު މަރާލައިފި އެވެ.

އެ އޮޕަރޭޝަން ހިންގީ އިއްޔެ ރޭ އެވެ. އުމުރުން 80 އަހަރުުގެ އުމަރު އަބްދުލް މަޖީދު އަސަދް ނަމަކަށް ކިޔާ އެމީހާ މަރުވެފައި އޮއްވަ ފެނުނީ އަނެއް ދުވަހުގެ ހެނދުނު މަގެއްގެ އެއް ފަރާތުގައި އެވެ.

ފެނުނު އިރު އިސްރާއީލް ސިފައިން އޭނާ ހައްޔަރު ކުރިއިރު އެޅުވި ޕްލާސްޓިކް ޒިޕް ޓައި އެމީހާގެ އެއް އަތުގައި ނުނައްޓާ އޮތެވެ. ފަލަސްތީނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އުމުރުން ދުވަަސްވީ އުމަރަކީ އެމެރިކާގެ ރަށްވެހިގެން އޮންނަ މީހެއް ކަމަށެވެ.

އެމީހާގެ މަރާގުޅިގެން އެމެރިކާއިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އިސްރާއީލުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އިސްރާއިލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެމީހާ ސިފައިންގެ ބަންދުން އެރޭ ދޫކޮށްލި އިރު މަރު ނުވާތީ މަރުގެ ޒިންމާ ނުނަގާނެ ކަމަށެވެ. އެކަމަކު އެމީހާ ހައްޔަރު ކުރެވުނުގޮތާއި އޭގެ ފަހުން ކަންތައް ހިނގާދިޔަ ގޮތް ތަހުގީގު ކުރާނެ ކަމަށް ބުންޏެވެ.

އޭނާ ހައްޔަރު ކުރުމާއި ގުޅޭގޮތުން ބުނީ އުމަރު ހައްޔަރު ކުރީ ބަލާ ފާސް ކުރުމަށް އެރޭ އެ އަވަށުގައި ހިންގި އޮޕަރޭޝަންގައި ގޭގެއަށް ވަނުމަށް ހުރަސް އަޅައި ގަދަބާރު ދެއްކުމުން ކަމަށެވެ. އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ބުނެފައިވަނީ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި އެހެންވެ މަރުވި އަސްލު ސަބަބު ދެނެގަންނަން އުނދަގޫ ކަމަށެވެ.

އާއިލާއިން ވަނީ އުމަރުގެ ޖަނާޒާ ބާއްވާނީ ޕޯސްްމޯޓަަމް ހެދުމުން ކަމަށް ބުނެފައި އެވެ.

އުމަރު ފަލަސްތީނަށް ދިރިއުޅުން ބަދަލު ކުރީ މީގެ 10 އަހަރު ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް