މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީން ރިހިބިލިޓޭޓް ކުރުމުގެ ޕްރޮގްރާމެއް މާފުށީ ޖަލުގައި ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސް އިން ހާމަކުރާ ގޮތުގައި މި ފްރޭމްވޯކް ފޭސް ޓޫ ކުރިއަށް ދާނީ ތިން މަސް ދުވަހަށެވެ.
އިއްޔެ ފެށި ރިހިބިލިޓޭޝަން ދެ ބެޗަކީ ފިރިހެން ޤައިދީންގެ 16 ވަނަ ބެޗާއި އަންހެން ޤައިދީންގެ 4 ވަނަ ބެޗެވެ.
މިގޮތުން 16 ވަނަ ބެޗްގައި 30 ފިރިހެން ޤައިދީން ބައިވެރިވެފައިވާއިރު، ބެޗް 4 ގައި 12 އަންހެން ޤައިދީން ވަނީ ބައިވެރިވެފައެވެ.
ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ޤައިދީންގެ ކިބާގައި "ޑިސިޕްލިން" ބިނާކުރުމާއި އެމީހުންނަށް "ސައިކޮލޮޖީ" ޕްރޮގްރާމްތައް ހިންގުމާއި "އެޑިއުކޭޝަން އަދި ވޮކޭޝަން" ދަސްކޮށްދިނުމުގެ އިތުރުން "ޕްރިޒަން ކޮމިއުނިޓީ ސަރވިސް" އެވެ.
އެގޮތުން ސައިކޮލޮޖީ ޕްރޮގްރާމްތަކުގެ ތެރޭގައި ކުށުގެ ވެށިން ދުރުހެލިވުމަށް ބާރުއަޅާ ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތަކާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ.
ރިހިބިލިޓޭޝަން ފްރޭމްވޯކް ތައާރަފް ކުރުމުގެ މަޤްސަދަކީ ގައިދީން އިސްލާހް ކޮށް، އެ މީހުންނަށް ތައުލީމާއި، ހުނަރު އުނގަންނައިދީ، މުޖުތަމަޢުއަށް ނުކުންނައިރު އާމްދަނީ އެއް ލިބޭނެފަދަ މަސައްކަތެއް ކޮށް ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހި ކޮށް ދިނުމެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދަނީ ގައިދީން އިސްލާހުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމީހުންނަށް ތަޢުލީމާއި ފަންނީ ކުރިއެރުންތައް ހޯދައި ދިނުމަށްޓަކައިތަފާތު ކޯސްތައް ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް