ނިހާންގެ މިއަދުގެ ޝަރީއަތް ކެންސަލް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާ ތަމްސީލް ކުރެއްވި ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލުކޮށްފައިވާ ޝަރީޢަތުގެ އަޑު އެހުން ކެންސަލްވެއްޖެއެވެ. އެމްއ...

13 Jan 2022 | 06:03

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާ ތަމްސީލް ކުރެއްވި ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލުކޮށްފައިވާ ޝަރީޢަތުގެ އަޑު އެހުން ކެންސަލްވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ނިހާނުގެ މައްޗައް ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ މިއަދު ހެނދުނު 09:00 އަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ހާމަކުރާ ގޮތުގައި ނިހާނުގެ މިއަދުގެ ޝަރީއަތުގެ އަޑު އެހުން ވަނީ ކެންސަލް ކުރެވިފައެވެ. އަދި ކެންސަލް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ނިހާންގެ މައްޗައް ދައުލަތުން އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި ރިޝްވަތައް އެދުމުގެ ދެ ދައުވާ އަކާއި، މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ އާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާ އެއް ހިމެނެއެވެ. މި ދައުވާތައް ނިހާންގެ މައްޗައް ސާބިތު ވެއްޖެނަމަ 36 އަހަރަށް ވުރެ ދިގު ޖަލުހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް