ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތައް ކަރަންޓީނު ކުރާ މުއްދަތު ރާއްޖޭގައި ހަތް ދުވަހަށް ކުރުކޮށްލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު އެޗްޕީއޭއިން ނެރެފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ،ކަރަންޓީނުކުރާނީ އެމީހަކު ކޮވިޑަށް ޕޮޒިޓިވް ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށެވެ. ހަތް ދުވަސް ހަމަވާއިރު ބަލީގެ އަލާމާތެއް ނެތްނަމަ ކަރަންޓީނު ނިމޭނެ ކަމަށާއި ނަމަވެސް ބަލީގެ އަލާމާތެއް ހުރި ނަމަ ކަރަންޓީނު ނިމޭނީ އެއްވެސް އަލާމާތެއް ނެތި 24 ގަޑިއިރުވުމުން ކަމުގައިވެސް ބުނެފައިވެއެވެ.
ޑައިރެކްޓް ކޮންޓެކްޓުން ކަަރަންޓީންކުރާ މުއްދަތުވެސް ކުރުކޮށްފައިވެއެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ ކަރަންޓީން ކުރެވޭނީ 10 ދުވަހަށް ކަމަށާއި ނަމަވެސް ފަސް ދުވަސްވުމުން ނެގަޓިވް ޕީސީއާރަކާއެކު ކަރަންޓީނު ވީއްލޭނެކަމަށްވެސް ބުނެފައިވެއެވެ. ވެކްސިން ޑޯޒްތައް ފުރިހަމަނުކުރާ ފަރާތްްތައް ކުރިއެކޭވެސް އެއްގޮތަށް 14 ދުވަހަށް ކަރަންޓީން ވާންޖެހެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް