މާފުށި ބަނދަރަށް ކާރު ވެއްޓުނު ހާދިސާގެ ވީޑިއޯ: އަންހެން ފަތުވެރިއަކާ ދެ ފިރިހެނަކު ސަލާމަތްކުރި މަންޒަރު !

ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް މާފުށި ބަނދަރު ތޮށިން ބޭރުވި ހަބަރު މިއަދު ފުލުހުން ހާމަކޮށްފައިވާއިރު، މި ހަބަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ. ވީޑިއޯއިން ފެންނަނީ ދެ ލޯންޗެއްގެ ...

13 Jan 2021 | 18:35

ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް މާފުށި ބަނދަރު ތޮށިން ބޭރުވި ހަބަރު މިއަދު ފުލުހުން ހާމަކޮށްފައިވާއިރު، މި ހަބަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.

ވީޑިއޯއިން ފެންނަނީ ދެ ލޯންޗެއްގެ ދެމެދަށް ކާރު ވެއްޓިފައި އޮއްވާ އެހީވުމަށް އާންމުން ދާ މަންޒަރެވެ. އަދި އެހީވާ މަންޒަރެވެ.

އެންމެ ފުރަތަމަ ކާރު އޮތީ ފެންމަތީގައެވެ. ބޮކިތައް ހުރީ ދިއްލިފައެވެ. ކާރުގެ ތެރޭގައި ތިން މީހަކު އޭރު ތިބީ ތާށިވެފައެވެ.

" ދޮރުފަތް ހޮޅުވާ، ދޮރުފަހް ނުހޮޅުވޭ، ހޮޅުވާ ހޮޅުވާ ****، ކިތައް މީހުން، ކިތައް މީހުން، ތިން މީހުން ތްރީ" މިހެން ގޮވާ އަޑު އިވެއެވެ.

އެންމެ ފުރަތަމަ ނަގަނީ އަންހެނެކެވެ. އެއީ ފަތުރުވެރިއެއް ކަމަށް ވީޑިއޯގެ އޯޑިއޯގައި މީހަކު ބުނެއެވެ. އަދި އެއީ ކޮލަމްބިއާ އަންހެނެއް ކަމަށްވެސް އެކަކު ބުނާ އަޑު އިވެއެވެ. ދެ ފިރިހެނަކު ވެސް ސަލާމަތްކުރާ މަންޒަރު ފެނެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވާގޮތުގައި ތިން މީހަކާއެކު ކާރެއް މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 12:46 ހާއިރުގައެވެ.

ތިން މީހުންގެ ތެރެއިން ދެމީހަކަށް އަނިޔާވެ ފަރުވާ ހޯދި ކަމަށާއި ދެ ލޯންޗަކަށް ގެއްލުންވި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ ދުއްވަން އިނީ އެ ކެޓަގަރީގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް