ކުނި ނެރޭ ގަޑިއަށް މި ގެނައި ބަދަލު ކަމުދޭތަ !؟

މި މަހުގެ10 ވަނަ ދުވަހު ވެމްކޯއިން ވަނީ ގޭބިސީތަކުން ކުނިނެރޭ ގަޑިއަށް ބަދަލުގެނެސްފައެވެ. އެގޮތުން އެދުވަހުން ފެށިގެން ގެތަކުން ކުނި ނެރޭނީ ރޭގަނޑު22:00 އިން ފެށިގެން00:00 އާ ދޭތެރޭގައި ކަމަށ ވަނީ ކަ...

13 Jan 2021 | 18:11

މި މަހުގެ10 ވަނަ ދުވަހު ވެމްކޯއިން ވަނީ ގޭބިސީތަކުން ކުނިނެރޭ ގަޑިއަށް ބަދަލުގެނެސްފައެވެ. އެގޮތުން އެދުވަހުން ފެށިގެން ގެތަކުން ކުނި ނެރޭނީ ރޭގަނޑު22:00 އިން ފެށިގެން00:00 އާ ދޭތެރޭގައި ކަމަށ ވަނީ ކަނޑައަޅާފައެވެ.

މި ބަދަލު ގެނައުމުގެ ކުރިން ގޭބިސީތަކުގެ ކުނި ނެރެމުން ގޮސްފައިވަނީ މެންދުރު 12:00 އިން 2:00 އަށެވެ.

ވެމްކޯއިން މިގޮތަށް ކަނޑައަޅާފައި ވީ ނަމަވެސް، ބައެއް ފަރާތްތަކުން އެގަޑިތައް ފިޔަވައި އެހެން ގަޑިގަޑީވެސް ކުނި ނެރޭތަން އާދެއެވެ. އެއީ އެފަރާތްތަކަށް ކުރިމަތިވާ ދަތިތަތަކުން ކަމަށް ވެސް ވެދާނެއެވެ. ބައެއް ބޭފުޅުން ވަނީ، އެކަމުގެ އުނދަގުލުގެ ޝަކުވާ ޓުވިޓަރގައި ހިއްސާކޮށްފައެވެ.

އައިޖީއެމްއެޗް އަދި ސެނަހިޔާގައި ޑައިޓީޝަން އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އާސިޔާ އަބްދުލް ރަޙީމް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ރޭގަނޑު10ގެ ކުރިން ނިދާކަމަށާއި، އަދި އެއަށްވުރެ ވެސް ކުރިން ނިދަން މީހުންނަށް ހިތްވަރުދޭކަމަށެވެ. ނަމަވެސް 10 ގެ ފަހުން ކުނި ނެރޭގަވާއިދުގެ ސަބަބުން ސިއްހަތަށާއި މަސައްކަތަށް ނުރަނގަޅު އަސަރެއް ކުރާނެކަމަށެވެ. އެހެންކަމުން މިއީ އިތުރު އުނދަގުލެއްތޯ ސުވާލު އުފައްދާފައި ވެއެވެ.

https://twitter.com/Assidha/status/1349156409863147521

އެހެން ފަރާތަކުން އެކަމަށް އިޝާރާތްކޮށް ބުނެފައިވަނީ، ޑިއުޓީ އޮންނަ ގޮތުގެ ސަބަބުން، ވޭތުވެދިޔަ 3 ދުވަހު ވެސް ކުނި ނެރެފައި ނުވާނެކަމަށެވެ. އެއީ ހަޑިކަމެއް ކަމަށާއި އެކަމަކު އެނޫން އިތުރު ގޮތެއް އެބަ އޮތްތޯ އެބޭފުޅާވެސް ވަނީ ސުވާލު އުފައްދާފައެވެ.

ވެމްކޯއިން ކުނިނެރޭ ގަޑިއަށް ބަދަލު ގެނައިތާ އަދި ވީ3 ދުވަސް ކަމަށް ވާއިރު، މިހާރުވެސް މިކަމުގައި އާއްމުންގެ ޝަކުވާ އެބަހުއްޓެވެ. މިއަޑު ވެމްކޯއަށް އިވި، ކުރިއަށް އޮތް ތާނގައި ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް