އޮބްލޫ ސަންގެލީގައި 32 ޕޮސިޓިވް ކޭސް، މިއަދު އެކަނި 27 މުވައްޒަފުން ޕޮސިޓިވްވި

އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓުން ކޯވިޑް-19 އަށް 32 މީހުން ޕޮސިޓިވް ވެއްޖެ އެވެ. ޕޮސިޓިވްވެފައިވާ ހުރިހާ އެންމެންނަކީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. އޭގެ ތެރެއިން 27 މީހުންނަކީ މިއަދު ޓެސްޓު ކުރި ...

13 Jan 2021 | 17:57

އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓުން ކޯވިޑް-19 އަށް 32 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

ޕޮސިޓިވްވެފައިވާ ހުރިހާ އެންމެންނަކީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. އޭގެ ތެރެއިން 27 މީހުންނަކީ މިއަދު ޓެސްޓު ކުރި ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވި މީހުންނެވެ.

އެޗްއީއޯސީން ބުނީ އެ ރިސޯޓުން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަން ވެގެން ޕީސީއާރު ޓެސްޓު ހެދި ބިދޭސީ މުވައްޒަފެއް ކަމަށެވެ. އެމީހާ ޕޮސިޓިވްވުމާއި ގުޅިގެން ގުޅުން ހުރި އޮބްލޫ ސަންގެލީގެ އަށް މުވައްޒަފަކު ކަރަންޓީން ކުރި އެވެ.

އޭގެ ފަހުން މިމަހުގެ 11 ވަނަ ދުވަހު ކޯވިޑްގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު ހަތަރު މުވައްޒަފަކު ޕޮސިޓިވްވެފައިވެ އެވެ. އެޗްއީއޯސީން ބުނީ އެ ދުވަހު ޕޮސިޓިވްވި މީހުންގެ ތެރޭގައި ފުރަތަމަ ޕޮސިޓިވްވި ބިދޭސީ މީހާ އާއި ގުޅުން ހުރެގެން ކަރަންޓީން ކުރި މީހަކު ނުހިމެނެ އެވެ.

އެ ފަސް ކޭސް އާއި ގުޅިގެން އިއްޔެ އެޗްއީއޯސީން ވަނީ އެ ރިސޯޓުން 98 ރެންޑަމް ސާމްޕަކް ނަގާފައި އެވެ. އޭގެ ތެރެއިން އިއްޔެ ޓެސްޓު ކުރި 19 ސާމްޕަލް ޕޮސިޓިިވްވެފައިވާއިރު މިއަދު ވަނީ އިތުރު އަށް މުވައްޒަފުން ޕޮސިޓިވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް