ކޯވިޑް-19ގެ ކޭސްތައް އިތުރުވަނީ، މިއަދުވެސް 59 މީހުން ޕޮސިޓިވްވި

ކޯވިޑް-19 އަށް އިތުރު 59 މީހުން ރާއްޖެއިން ޕޮސިޓިވް ވެއްޖެ އެވެ. ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 33 މީހުންނަކީ ރިސޯޓުތަކުން ބަލި ޖެހުނު މީހުންނެވެ. މާލެއިން މިއަދު 17 މީހަކު ޕޮސިޓިވްވެފައިވާއިރު މީ...

13 Jan 2021 | 17:34

ކޯވިޑް-19 އަށް އިތުރު 59 މީހުން ރާއްޖެއިން ޕޮސިޓިވް ވެއްޖެ އެވެ.

ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 33 މީހުންނަކީ ރިސޯޓުތަކުން ބަލި ޖެހުނު މީހުންނެވެ. މާލެއިން މިއަދު 17 މީހަކު ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުން ނުވަ މީހަކު ޕޮސިޓިވްވެފައިވެ އެވެ.

އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެވެސް ކޯވިޑް-19 އަށް 59 މީހަކު ޕޮސިޓިވްވެފައިވާއިރު އޭގެ ކުރީ ދުވަހު 50 މީހުން ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،318 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 783 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 55 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،438 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި 49 މީހަކު ވަނީ މަރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވީ 14،277 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް