ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅަން މަޝްވަރާކޮށްފި

ބޮޑުކަނެނެލި ގަނެވޭނެ އެންމެ އަށް އަގު ކަނޑައެޅުމަށް މަޝްވަރާކޮށްފި އެވެ. މި މަޝްވަރާ ކުރިޔަށް ގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ދެމެދު އެވެ. މި ބައްދަލު...

13 Jan 2021 | 16:44

ބޮޑުކަނެނެލި ގަނެވޭނެ އެންމެ އަށް އަގު ކަނޑައެޅުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރިޔަށް ގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ދެމެދު އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ، 18 ކިލޯއިން މަތީގެ ކަންނެލި ގަންނަންވާނެ ދަށް އަގަކި 80 ރުފިޔާ ހެދުމާއި ގުޅޭގޮތުންނެވެ. އަދި "އޭ" ގްރޭޑުގެ ކަންނެލި ގަންނަންވާނެ ދަށް އަގަކީ 100 ރުފިޔާ ކަމަށް ކަނޑައެޅުމަށެވެ.

މި ބައްދަލުވުމަށް އަގުތައް ހުށަހެޅީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނައިން ނެވެ. އެކަމަކު މި އަދަދު ތަކަށް އެއްބަސްވުމަކަށް އާދެވިފައިއެއް ނުވެ އެވެ.

އެހެންވެ ނިންމާފައިވަނީ އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް