ބްރެޒިލްއިން ރާއްޖެ އައި ދެމީހެއްގެ އަތުން 3.12 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފި

ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތަކާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން3.12 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ. ލަޓްވިޔ...

13 Jan 2021 | 16:04

ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތަކާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން3.12 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

ލަޓްވިޔާ މީހާ ރާއްޖެ އަހިސްފައިވަނީ 2020 ނޮވެމްބަރ3 ވަނަ ދުވަހު އެވެ.23 އަހަރުގެ މި ފިރިހެންމީހާގެ އަމަލުތައް ހުރިގޮތުން އޭނާއާމެދު ޝައްކުކުރެވި، އޭނާގެ ލަގެޖް ބަލާ ފާސްކުރި ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައި ވެއެވެ. އަދި އެތަކެތި ޓެސްޓުކުރުމުން، ކޮކެއިންއަށް ޕޮޒިޓިވްވިއުރު، އޭގެ ބަރުދަނުގައި2.466 ކިލޯގްރާމް ހުއްޓެވެ.

21 އަހަރުގެ ބްރެޒިލް ފިރިހެންމީހާ ރާއްޖެ އަހިސްފައިވަނީ2020 ނޮވެމްބަރ28 ވަނަ ދުވަހުއެވެ. މި މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާމެދު ޝައްކުކުރެވި، ބަލާ ފާސްކުރި ކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ފޮރުވައި ރައްކާކޮށްފައިވާ 66 ކެޕްސޫލް ފެނުމުން އެތަކެތި ޓެސްޓުކުރި އިރު ވަނީ ކޮކެއިންއަށް ޕޮޒިޓިވްވެފައެވެ. މިތަކެތީގެ ބަރުދަނުގައި 654.4 ގްރާމް ހުއްޓެވެ.

މި ދެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީއަގު10،921،400 (ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ) ރުފިޔާ އަރާއރު، އެތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކުރެވިފައި ވާހަކަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް