އަމީނިއްޔާ ޓީޗަރަކު ކޯވިޑަށް ޕޮސިޓިވް، ސްކޫލް މާހައުލު ރައްކާތެރި: އެޗްއީއޯސީ

އަމީނިއްޔާ ސްކޫލްގެ ގްރޭޑް ތިނެއްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްއީއޯސީން ބުނީ އެ ޓީޗަރު ޕޮސިޓިވްވެފައިވަނީ މިއަދު ކަމަށެވެ. އަދި އޭނާ އާއި ގުޅުން ހުރި ބައެއްގެ ގޮތުގައި ގޮތުގައި ...

13 Jan 2021 | 15:26

އަމީނިއްޔާ ސްކޫލްގެ ގްރޭޑް ތިނެއްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ އެ ޓީޗަރު ޕޮސިޓިވްވެފައިވަނީ މިއަދު ކަމަށެވެ. އަދި އޭނާ އާއި ގުޅުން ހުރި ބައެއްގެ ގޮތުގައި ގޮތުގައި އެ ސްކޫލްގެ އިތުރު ޓީޗަރުންތަކެއް ފާހަގަ ކުރެވިފައިވާތީ ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ޓީޗަރުންނާއި ޕޮސިޓިވްވި ޓީޗަރާއި ދިމާވެފައިވަނީ ސްކޫލުން ބޭރުގައި ކަމަށެވެ. ތަސްލީމާ ވިދާޅުވީ އެ ޓީޗަރާއި ގުޅުން ހުރި މީހުންގެ ގޮތުގައި އެ ސްކޫލްގެ އެއްވެސް ދަރިވަރަކު ނުބެލެވޭ ކަމަށެވެ.

މި ކޭސްއާއި ގުޅިގެން ކަރަންޓީން ކުރީ ކިތައް ޓީޗަރުން ކަމެއް ހާމައެއް ނުކުރެ އެވެ.

އޭނާ ވިދާޅުވީ ދަރިވަރުން ގުޅުން ހުރި މީހުންގެ ގޮތުގައި ނުބެލެވުނީ ސްކޫލްތަކުގައި ދަރިވަރުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން ސްކޫލް އުމުރުގެ ކުދިންނާއި ޓީޗަރުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެކަމަކު އެއީ ހަމަ މިގޮތަށް ސްކޫލް މާހައުލުން ބޭރުގައި އެވެ. އެކަމަކު ގުޅުން ހުރި މީހުންގެ ގޮތުގައި ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރުން ކަރަންޓީން ކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.

2020-2021 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެވެ. ސްކޫލްތަކުގައި ކިޔެވުން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެވެ.

އެގޮތުން ސްކޫލަށް ދަރިވަރުން ވައްދާއިރު ފިނިހޫނުމިން ބެލުމާއި، މާސްކު އެޅުމުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުން އަތް ދޮވުން ހިމެނެ އެވެ. އަދި ސްކޫލް ތެރޭގައި އުޅުމާއި ކިޔެވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އިޖްތިމާއީ ގައިދުރުކަން ހުންނާނެ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް