ކިނބިދޫން ތިން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ތ. ކިނބިދޫ އިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެއީ ކަރަންޓީންގައި ތިބި ދެމަފިރިއަކާއި އެމީހުންގެ ދަރިފުޅެވެ. ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ ދެމަފިރިންނަކީ 50 އަހަރުން މަތީގެ ދެމީހުން...

13 Jan 2021 | 13:32

ތ. ކިނބިދޫ އިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެއީ ކަރަންޓީންގައި ތިބި ދެމަފިރިއަކާއި އެމީހުންގެ ދަރިފުޅެވެ.

ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ ދެމަފިރިންނަކީ 50 އަހަރުން މަތީގެ ދެމީހުންނެވެ. އަދި އެމީހުންގެ ދަރިފުޅަކީ އެރަށު ސްކޫލްގެ ގްރޭޑް އަށެއްގައި ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ތ. ކިނބިދޫ ކައުންސިލްގެ ރައީސް އަބްދުﷲ ނާޒިމް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން ދަނީ އެމީހުން ލ. އަތޮޅު ގަމުގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް ކަމަށާއި، ނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން އެކަމަށް ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

ކިނބިދޫއިން ފައްސިވި މީހުންގެ ހާލު ގޯސް ނޫން ކަމަށް އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް