މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 15 ސްކޮލަޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މިހާރުން ފެށިގެންވެސް މި...

13 Jan 2021 | 11:52

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މިހާރުން ފެށިގެންވެސް މި ސްކޮލަޝިޕަށް ކުރިމަތި ލެވޭނެއެވެ.

މިއީ ރާއްޖޭގެ 60 ސްކޫލަކަށް އަމާޒުކޮށްގެން، ޕްރައިމަރީ މުދައްރިސުން ތަމްރީނުކުރުމަށްޓަކައި ހުޅުވާލެވިފައިވާ ސްކޮލަޝިޕްގެ ތެރެއިން 30 ފަރާތަކަށް އޮތް ފުރުސަތެކެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާ 15 ސްކޮލަރޝިޕްގެ ހުޅުވާލިއިރު، ޤައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް އެލަވަންސްއެއްގެ ގޮތުގައި މަހަކު -/5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސިމެސްޓަރއަކު -/5000 ރުފިޔާއާއި، ސްކޮލަރޝިޕްލިބޭ ފުރަތަމަ މަހު އެސްޓޭބްލިޝްމަންޓް ގްރާންޓްއެއްގެ -/5000 ރުފިޔާ ދެވޭނެއެވެ. އަދި މިފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެހޭނީ ޤައުމީ ޔުނިވަރސިޓީގެ ދަނާލުންނެވެ.

މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމަށްޓަކައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އެފަރާތްތަކަަށް އަދައެއް ނުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް